ރިޔާސީ އިންތިހާބުގެ ބާރު ކަނޑުވާލާ ފަރާތްތަކާމެދު އެމެރިކާއިން ފިޔަވަޅު އަޅަން ވިސްނަނީ!

ކިޔުމަށް ހޭދަވާނީ 1މ 8ސ
ރިޔާސީ އިންތިހާބުގެ ބާރު ކަނޑުވާލާ ފަރާތްތަކާމެދު އެމެރިކާއިން ފިޔަވަޅު އަޅަން ވިސްނަނީ!


23 ސެޕްޓެމްބާރ 2018 ގައިދިވެހިރާއްޖޭގައި ބޭއްވުނު މިނިވަން އިންސާފުވެރި އިންތިހާބުގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ރޮބާޓް ޕަލަޑީނޯ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމި ނިންމުމަށް އަސަރުކުރާނެ ފަދަ ކަންތައްތަކެއް ރާއްޖޭގައި ހިނގަމުންދާތީ އެމެރިކާއިން ކަންބޮޑުވާ ކަމަށާއި ޑިމޮކްރަސީ އާއި ގާނޫނުގެ ވެރިކަން އަދި އިންތިހާބުން ރައްޔިތުން ނިންމި ނިންމުމުގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރާ ކޮންމެ ފަރާތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމާމެދު ވިސްނާނެ ކަމަށް ވެސްރޮބާޓް ވަނީ ވިދާޅުވެފައެވެ.

ރޮބާޓް އިތުރަށް ވިދާޅުވީ އެމެރިކާ އާއި ބައިނަލްއަގްވާމީ ދުނިޔެެ އިން ރާއްޖޭގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.



މިއަދު އޮންލައިން