އިންތިހާބު ބާތިލުކުރާ މައްސަލައަށް ތަދައްހުލްވާން އިދިކޮޅު ހަތަރު ލީޑަރުން ހުށަހަޅުއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 18ސ
އިންތިހާބު ބާތިލުކުރާ މައްސަލައަށް ތަދައްހުލްވާން އިދިކޮޅު ހަތަރު ލީޑަރުން ހުށަހަޅުއްވައިފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރާއްޖޭގެ ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީޏް އަބްދުލްޤައްޔޫމް ހުށަހެޅުއްވި ދުސްތޫރީ މައްސަލައަށް ތަދައްހުލްވާން އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

އެނގިފައިވާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީށް އިމްރާން އަބްދުﷲ ގެ ފަރާތުން، އެމައްސަލައަށް ތަދައްހުލްވާން ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި (11 އޮކްޓޯބަރ 2018) ވަނަ ދުވަހުއެވެ.

އެމައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރެވިފައިވާއިރު، މައްސަލައަށް ތަދައްހުލްވުމަށް ހަތަރު ލީޑަރުން ހުށަހެޅި ހުށަހެޅުއްވުމަށް ސުޕްރީމް ކޯޓުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެމްޑީ÷ީގެ ލީގަލް ޓީމުގައި އިސްކޮށް ހުންނަވާ ހިސާން ޙުސެއިން ވިދާޅުވީ، ރައީސް ޔާމީން ހުސަހެޅުއްވި މައްސަލައަށް ތަދައްހުލްވާން ގުޅިފައިވާ ހަތަރު ލީޑަރުންގެ ފަރާތުން ހުށަހަޅުއްވާފައިވާނެ ކަމަށާއި އެޓީމުގެ ހަ ވަކީލަކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދުސްތޫރީ މައްސަލައެއް ކަމަށް ބުނެ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ މައިގަނޑު ބިނާކޮށްފައިވަނީ ތިން ކަމަކަށެވެ. އެއީ ސިއްރު ހެއްކާއި، އަނގޮޓި ބޭނުންކުރި މައްސަލައާއި ވޯޓު ކަރުދާސް ޕްރިންޓު ކުރި އެމް.ސެވަންް އާއިމެދު އޮތް ޝަކުރާތަކެއްގެ މައްޗަށެވެ.
މިއަދު އޮންލައިން