އަނގޮޓިތައް ގެނައީ ޕީޕީއެމް އިން، ކޯޓުގައި ދޮގު ހެކި ދިނުމަށް ދަނީ މަޖުބޫރު ކުރަމުން- ސިނާން

ކިޔުމަށް ހޭދަވާނީ 1މ 20ސ
އަނގޮޓިތައް ގެނައީ ޕީޕީއެމް އިން، ކޯޓުގައި ދޮގު ހެކި ދިނުމަށް ދަނީ މަޖުބޫރު ކުރަމުން- ސިނާން
ރިޔާސީ އިންތިހާބުގައި ނެތި ވޯޓު އޮޅުވާލަން ބޭނުންކުރި ކަމަށް ބުނާ އަނގޮޓިތައް، ޕީޕީއެމްގެ އިސް އެކްޓިވިސްޓުންގެ އަތުގައި އަދިވެސް އެބަހުރި ކަމަށާއި ރިޔާސީ އިންތިހާބު ބާތިލު ކުރުމަސް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުސަހެޅި ދުސްތޫރީ މައްސަލައިގައި ކޯލިޝަނާއި ދެކޮޅަށް ދޮގު ހެކި ދިނުމަށް އެއެކްޓިވިސްޓުންނަށް މަޖުބޫރު ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

އެމްޕީ ސިނާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯލިޝަނާއި ދެކޮޅަށް ދޮގު ހެކި ނުދޭ މީހުން ވަޒީފާއިން ވަކި ކުރާނެ ކަމަށް ބުނެ ބިރުދައްކަމުން ވެސް ދާ ކަމަށެވެ.

"ޕީޕީއެމް އިން ވޯޓޫ އޮޅުވާލުމަށް ގެނައި އަނގޮޓިތައް ޕީޕީއެމް ގެ އިސް އެކްޓިވިސްޓުންގެ އަތުގައި މިހާރުވެސް އެބަހުރި. ރައީސް ޔާމީން އެސްސީ (ސުޕްރީމް ކޯޓަށް) ހުށަހެޅި މައްސަލައިގައި ކޯލިޝަނާއި ދެކޮޅަށް ދޮގު ހެކި ދިނުމަށް މިއެކްޓިވިސްޓުންނަށް ދަނީ މަޖުބޫރު ކުރަމުން. އަދި ދޮގު ހެކި ނުދޭ މީހުން ވަޒީފާއިން ވަކި ކުރާނެ ކަަމަށް ދަނީ އިންޒާރު ދެމުން" ސިނާންގެ ޓްވީޓުގައި ލިޔުއްވާފައިވެއެވެ.




މިއަދު އޮންލައިން