ވާދޫ ސުކޫލުން އެންމެ މޮޅު ދަރިވަރަކަށް ސަލްމާ!

ކިޔުމަށް ހޭދަވާނީ 51ސ
ވާދޫ ސުކޫލުން އެންމެ މޮޅު ދަރިވަރަކަށް ސަލްމާ!
ރ. ވާދޫ ސުކޫލުގައި 2017 ވަނަ އަހަރު ކިޔެވި ދަރިވަރުންގެ ތެރޭން އެންމެ މޮޅު ދަރިވަރަކަށް ސަލްމާ ޔޫސުފް، އުފާ/ ރ. ވާދޫ ހޮވިއްޖެއެވެ. ވާދޫ ސުކޫލުން މިދިޔަ އަހަރު ޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާން ހެދި ދަރިވަރުންގެ ތެރޭން އެންމެ ރަނގަޅު އަދި މުޅި ސުކޫލުގެ އޯވަރއޯލްއިން އެންމެ ރަނގަޅު ދަރިވަރަކީ ސަލްމައެވެ.

ރޭ އެ ސްކޫލުގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި، އެ ސްކޫލުގައި 2017 ވަނަ އަހަރު ކިޔެވި ދަރިވަރުންގެ ތެރޭން، އެކިއެކި ގޮތްގޮތުން ފާހަގަކޮށްލެވުނު ދަރިވަރުން އިއުލާންކޮށް، އެކުދިންގެ އަގު ވަޒަން ކުރުމަށް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ދީފައެވެ.

ވަދޫ ސުކޫލުގެ 'ޕްރައިޒް ޑޭ 2018'ގެ ޙާއްސަ ހަފްލާ ޝަރަފުވެރިކޮަށްދެއްވީ، އެޑިޔުކޭޝަން ޑެވެލޮޕްމަންޓް އޮފިސާރ، އިބްރާޙިމް އާސިފް ރަޝީދު އެވެ.

ފާއިތުވި 2017 ވަނަ އަހަރަކީ ވާދޫ ސުކޫލުލަށް އެކިއެކި ގޮތްގޮތުން ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން