ބާޠިލު ވާނީ ބާޠިލަށް!- ރައްޔިތުންގެ ނިންމުން ސަލާމަތީ ޚިދުމަތްތަކުން ދިފާޢު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ބާޠިލު ވާނީ ބާޠިލަށް!- ރައްޔިތުންގެ ނިންމުން ސަލާމަތީ ޚިދުމަތްތަކުން ދިފާޢު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ސަމީރު
ބާޠިލު ކޮންމެ ނިންމުމެއް ނިމިދާނީ ބާޠިލަށް ކަމަށާއި 23 ސެޕްޓެމްބަރު 2018 ގައި ނެގި ވޯޓުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވި ކާމިޔާބީ އާއިއެކުގައި ރައްޔިތުންގެ އެނިންމުން ދިފާޢު ކުރެއްވުމުގައި ސަލާމަތީ ޚިދުމަތްތަކުން ދެމިތިއްބަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމްދު ސަމީރު ވިދާޅުވެއްޖެއެވެ.

މީގެ އިތުރުން ސަމީރު ވަނީ ދިވެހި ރައްޔތުންނަކީ މޮޔަ ބައެއް ކަމަށް ހީފުޅު ނުކުރެއްވުމަށް ރައީސް ޔާމީނަށް ގޮވާލައްވައިފައެވެ. ސަމީރު ވަނީ ރައްޔިތުން ރައީސް ޔާމީނަށް ނޫނެކޭ ބުނެ ބޮޑުތަނުން ބަލިކުރީމާ ބަލި ޤަބޫލުކުރެއްވުމަށްފަހު ތިމާއަށް އޮތް ރައްޔތުންގެ ނަފުރަތު ކޯޓުތަކުގެ ފަނޑިޔާރުންގެ ބޮލަށް ޖައްސަވަން ނޫޅުއްވައި ޤައުމު ފަސާދަކުރުން ހުއްޓާލައްވަން ވެސް ރައީސް ޔާމީނަށް ގޮވާލައްވައިފައެވެ.
މިއަދު އޮންލައިން