ނޯ ޕްލާސްޓިކު މޯލްޑިވުސް ޤައުމީ ހިދުމަތެއްގައި!

ކިޔުމަށް ހޭދަވާނީ 1މ 15ސ
ނޯ ޕްލާސްޓިކު މޯލްޑިވުސް ޤައުމީ ހިދުމަތެއްގައި!
ތިމާވެށިގެ ގޮތުން ބަލާއިރު ރާއްޖެއަކީ ވަރަށްވެސް ނާޒުކު ޤައުމެކެވެ. މި ނާޒުކު ތިމާވެއްޓަށް މިވަނީ ކުނިބުނީގެ ނުރައްކާ އިންތިހާއަށް ފޯރާފައެވެ. އޭގެ ތެރޭންވެސް ޕުލާސްޓިކު ކުނި ފާހަގަކުރެވެއެވެ.

މިކަން ހައްލު ކުރުމަށް ”ނޯ ޕްލާސްޓިކު މޯލްޑިވުސް“ ގެ ނަމުގައި އަމިއްލަ ފަރުދުންތަކެއް ކެންޕެއިނެއް ފަށާފައިވާކަން އުފަލާެއިއެކު ފާހަގަ ކުރަމެވެ.

”ނޯ ޕްލާސްޓިކު މޯލްޑިވުސް“ ގެ ނަމުގައި ފެށި މި ކެންޕެއިނުގެ އަމާޒަކީ ޕްލާސްޓިކު ކުންޏާ މެދު އާންމުން ހޭލުންތެރި ކުރުމެވެ.

ޕަބްލިކު ވައިބާރ ގުރޫޕެއްގެ އިތުރުން، ފޭސްބުކު ޕޭޖެއް މެދުވެރިކޮށް ދަނީ ޕްލާސްޓިކުގެ ނުރައްކާ އާންމުންނަށް ބުނެދެމުންނެވެ.

”ނޯ ޕްލާސްޓިކު މޯލްޑިވުސް“ ގައި އެންމެ އިސްކޮން އުޅޭ ފާރާތެއް ކަމަށްވާ ނ. ޅޮހީ، ހުސައިން ނިޔާޒް މައުލޫމާތު ދިންގޮތުން، ވައިބާ އަދި ފޭސްބުކުގެ އިތުރަށް ކުރިއަށް އޮތްތާނގައި މުއައްސަސާތަކަށް، ޚާއްސަކޮށް ސުކޫލުތަކަށް ޒިޔާރަތްކޮށް ތިމާވެށީގެ ދާއިރާއިން ފުންނާބު އުސްފަރާތްތަކުގެ އެހީގައި ހޭލުންތެރިކަމުގެ ޕޮރޮގުރާމްތަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މީގެ އިތުރުން ”ނޯ ޕްލާސްޓިކު މޯލްޑިވުސް“ އިން މީހާރުވެސް އަންނަނީ ސާފުކުރުމުގެ ޕޮރޮގުރާމުތަށް ރާވާ، ކުރިއަށް ގެންދަމުންނެވެ.

ރާއްޖެ ފަދަ، ނާޒުކު ވެއްޓެއް އޮތް ޤައުމަކަށް މިއަށްވުރެ ބޮޑު ”ޤަޢުމީ ޙިދުމަތެއް“ ދެވިދާނެ ޙެއްޔެވެ.
މިއަދު އޮންލައިން