މާތް ﷲގެ ވާގިފުޅާއިއެކު ރައީސް ޔާމީނުގެ ވެރިކަން ވަނީ ނިމިފައި ކަމަށާއި އެކަމާއިމެދު އިތުރަށް ވިސްނުމުގެ ވެސް ބޭނުމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އދ. ދިގުރަށުގެ ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ ނިމިގެންދިއަ ރިޔާސީ އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރެވިގެން ދިއައީ ރައީސް ޔާމީނު އެކަމަށް ކަނޑައެޅި ބައަކު ރައީސް ޔާމީނު ދެއްވި އިރުޝާދަށް ކަމަށެވެ. ކޮމިޝަނުގެ މެންބަރު ކަމުގައި ތިބީ ރައީސް ޔާމީނު އެކަމަށް ކަނޑައެޅުއްވި ބއަކު ކަމަށާއި އިންތިޚާބުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވީ ޕީޕީއެމުން އެކަމަށް ފޮނުވި ބައަކު ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ އިންތިޚާބު ބޭއްވީ ރައީސް ޔާމީނު އެކަމަށް ލަފާއަރުވާ ކަހީނު އެންގި ތާރީޚުގައި ކަމަށެވެ. އަދި ރައީސް ޔާމީނު ބޭނުންފުޅުވާ ގޮތަށް އިންތިޚާބުގެ ހުރިހާ ކަންކަން ކުރުމުންވެސް އިންތިޚާބުގައި ރައީސް ޔާމީނު ވަނީ ބޮޑުތަނުން ފޭލްވެފައި ކަމަށާއި އެހެން ކަމުން ދެން މިފަހަރުގެ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވޭނެ އެއްވެސް ގޮތެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. "ވޯޓުލުމާއި ވޯޓާއި ގުޅުންހުރި ހުރިހާ ކަމެއް ނިމިގެން ދިއައީ ވަރަށް ރަނގަޅަށްކަން ބައިނަލްއަޤްވާމީ
އޮބްޒަރވަރުންނާ ދުނިޔެ ވަނީ ޤަބޫލުކޮށްފަ. އެހެންވީމާ ދަންނަވަން އޮތީ މިކަން ދެން އިތުރަށް ހަޑިކުރަން ނޫޅޭށޭ."
ޢަލީ ވަޙީދު ވިދާޅުވީ ކޮންމެ އެއްޗެއް ކޮންމެ ގޮތަކަށް، އަޑިން ނޫނީ މަތިން ކުޅުއްވި ނަމަވެސް ކުޅުއްވޭނެ އިތުރު އެއްޗެއް ނެތް ކަމަށެވެ. "ހުރިހާ ކަމެއ 13 އަށް ކުރަމުން ދަނިކޮށް 40000 ވޯޓުން ބަލިވީ. ދެން އިރާދަ ކުރެއްވިއްޔާ ބަދަލެއް ނުވާނެ. ﷲ ވާގިފުޅާއިއެކު ނޮވެމްބަރު 11 ވަނަ ދުވަހު ހުވާ ކުރައްވާނީ އިބްރާހީމް މުޙައްމަދު ޞާލިޙް" ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.