އުމަރު ޒާހިރުގެ އަނބިކަނބަލުންގެ ޖަނާޒާ ފަތިސް ނަމާދަށްފަހު

ކިޔުމަށް ހޭދަވާނީ 36ސ
އުމަރު ޒާހިރުގެ އަނބިކަނބަލުންގެ ޖަނާޒާ ފަތިސް ނަމާދަށްފަހު
ދައުލަތުގެ ގިނަ މަގާމުތަކެެއް ފުރުއްވި، ކުރީގެ މިނިސްޓަރެއް ކަމުގައިވާ އުމަރު ޒާހިރުގެ އަނބިކަނބަލުން މުއުމިނާ އިބްރާހިމް (84އ.) އަވަހާރަ ވެއްޖެއެވެ. އެމަރްހޫމާގެ ޖަނާޒާ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަދުވަސްތަކެއް ވަންދެން ވަޒީރުކަން ކުރެއްވި އުމަރު ޒާހިރުގެ އަނބިކަނބަލުން އަވަހާރަވީ މިއަދު ހަވީރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

ރައީސް މައުމޫން ޖަލުގައި ހައްޔރު ކޮށްފައިވީ ދުވަސްކޮޅު، ރައީސް މައުމޫންގެ ފަރާތްޕުޅުން އިދިކޮޅު ކޯލިޝަން ގެ ޖަލްސާތަކުގައިވެސް އުމަރު ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނުގެ އަނބިކަނބަލުން އަވަހާރަވީއިރު އެއްވެސް އާލާސްކަންފުޅެއް ޖެހިވަޑައިގެންފައިވާކަން އެނގިފައެއް ނުވެއެވެ.
މިއަދު އޮންލައިން