ސްޕްރީމް ކޯޓުގަ ބާއްވާ ޝަރީޢަތުގެ މަޖިލިސް އަޑުއެހުމަށް ދެ ފަރާތުގެ ގިނަ ބައަކު ކިޔޫގައި
ނިމިގެންދިއަ ރިޔާސީ އިންތިޚާބާއި ގުޅުވައި ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން އެކޯޓުގައި މިއަދު މެންދުރު 1.00 ގައި ބާއްވާ ޝަރީޢަތުގެ މަޖިލިސް އަޑުއެހުމަށް ދެ ފަރާތުގެ ގިނަ ބައަކު ކިޔޫ ހަދައިފިއެވެ. ކިޔޫގައި ތިއްބެވި ބޭފުޅުންތެރޭގައި ދެ ފަރާތުގެ އިސް ބައެއް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.
ސްޕްރީމް ކޯޓުގެ ކޯޓު ރޫމްގެ ޖާގައަށް ޢާންމުގޮތެއްގައި ވަދެވޭނީ 30 ވަރަކަށް މީހުންނަށެވެ. ނަމަވެސް ކޯޓުން ބޭނުންނަމަ އިތުރު ބައަކަށް ޖާގަ ހަމަޖައްސައިދެވިދާނެއެވެ.
ރާއްޖޭގެ ޞުލްޙަމަސްލަހަތާއި އަދި ޤާނޫނު ނެގެހެއްޓުމަށް މުހިންމު މިއަދުގެ ޝަރީޢަތް ވެފައިވަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަޞްލަޙަތާއި ގުޅިފައިވާ އެންމެ މުހިންމު ޝަރީއަތަށެވެ.
ޕީޕީއެމްގެ ސަޕޯޓަރުނަނާއި ސަރުކާރާއި ކުންފުނިތަކުގެ ބޮޑުން މީގެ ކުރިން ކޯޓުތަކަށް ވަޑައިގެން ޝަރީއަތް އަޑުއައްސަވާފައެއް ނުވެއެވެ. އެފަދަ ގިނަ ބޭފުޅުންވެސް މިއަދު ކިޔޫގައި ތިއްބެވުމުން އިންތިޚާބާއިމެދު ދެކެވެމުން އަންނަ ވާހަކަތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެބޭފުޅުންވެސް ބޭނުންފުޅުވާ މިންވަރު އެނގިގެންދެއެވެ.