އދ.ގެ 3 ރަށަށް ކުރެއްވި ދަތުރުފުޅަށްފަހު ޖޭޕީގެ ލީޑަރު ޤާސމް އިބްރާހީމް އާއި އެމަނިކުފާނުގެ އަރިއަހުގައި ދަތުރުކުރެއްވި ޓީމް މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެމަނިކުފާނު މިނިވަންވެވަޑައިގަތުމުގެ ޝަރަފުގައި މާމިގިލި ރައްޔިތުން ބޭއްވި ޚާއްޞަ ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން އެމަނިކުފާނު ވަނީ ފެންފުށްޓާއި ދިގުރަށަށް ވެސް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވައިފައެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ މާމިގިލި ކައުންސިލާއި ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފައެވެ. މާމިގިލި. ފެންފުށި އަދި ދިގުރަށަކީ މަޖިލީހުގައި ޤާސިމް އިބްރާހީމް ތަމްސީލުކުރައްވާ ދާއިރާގައި ހިމެނޭ 3 ރަށެވެ.
Nimidhiya Riyaasee Inthihaabuga Libunu Kaamiyaabee ge ufaafaalhu kurumah, JP ge Leader .@qasimibrahim adhi Madam .@aishath_nahula Adh. Maamigili, Fenfushi adhi Dhigurashah Kurevvi Dhathurufulhu Nimmavaa levvumahfahu Male Vadaigathun. pic.twitter.com/C4PXV1BtTq
— JP Secretariat (@JPSecretariat) October 13, 2018