ޝަރީއަތް އަޑު އެހުމުގެ ފުރުޞަތު ކިޔޫގައި ތިބި ބައަކަށް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޝަރީއަތް އަޑު އެހުމުގެ ފުރުޞަތު ކިޔޫގައި ތިބި ބައަކަށް ދީފި

ރިޔާސީ އިންތިޚާބު ބާޠިލުކުރުމަށް ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅިގެން އެކޯޓުގައި މިއަދު ކުރިއަށް ގެންދާ ޝަރީއަތް އަޑު އެހުމުގެ ފުރުޞަތު ކޯޓް ރޫމްގައި ޖާގައޮތްވަރުން ކިޔޫގައި ތިބި ބައަކަށް ދީފިއެވެ.

ކިޔޫގައި ތިބި މީހުންގެ ޢަދަދަށްބަލާއިރު ފުރުޞަތު ލިބުނީ މަދު މީހަކަށެވެ. ފުރުޞަތު ނުލިބުނު މީހުންގެތެރޭގައި ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ހިމެނެއެވެ. މިނިސްޓަރުންގެ ތެރެއިން ޝަރީއަތް އަޑުއެއްސެވުމަށް މިއަދ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީނަށް ކެންޕޭނު ކޮށްދެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި ޑރ. މުޢިއްޒު، ޠާރިޤް، މުޙައްމަދު ސަޢީދު ފާހަގަކޮށްލެވެއެވެ.

ނޫސްވެރިންގެ ތެރެއިން މިއަދު ފުރުޞަތު ދީފައިވަނީ 10 ނޫސްވެރިންނަށެވެ.
މިއަދު އޮންލައިން