ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެއިންތިހާބު ބާތިލް ކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް އިދިކޮޅު ފަރާތްތަކުން ވަނުމުގެ ހުއްދަ އެ ކޯޓުން ދީފިއެވެ.
އެގޮތުން، އެ ހުއްދަ މިއަދު ލިބިފައިވާ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ސްޕްރީމް ކޯޓުގައި ހަ ވަކީލަކު ތަމްސީލު ކުރައްވާނެ ކަމަށް، އެމްޑީޕީގެ ލީޖަލް ޓީމުގައި ހެޑް ހިސާން ހުސައިން، މިއަދު ވިދާޅުވެފައިވެއެވެ.
ހިސާން ވިދާޅުވީ ތަދައްހުލުވުމުގެ ހުއްދަ މިއަދު ލިބިފައިވާ ކަމަށާއި އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ސްޕްރީމް ކޯޓުގައި ހަ ވަކީލަކު ތަމްސީލު ކުރައްވާނެ ކަމަށެވެ.
މި މައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅުމާ ގުޅިގެން އެމެރިކާއިން ވަނީ ދެ ފަހަރެއްގެ މަތިން ދިވެހި ސަރުކާރަށް އިންޒާރުދީ، ރައްޔިތުންގެ ނިންމުމަށް އިޙްތިރާމް ކުރުމަށް ގޮވާލާފައެވެ.