ޑރ. ޝަހީމް ޝަރީޢަތް އަޑު އެއްސެވުމަށް ވަޑައިގެންފި- ސްޕްރީމް ކޯޓް ސަރަހައްދުން މީހުން ދުރަށް ޖައްސަނީ
ރައީސް ޔާމީނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޝަރީޢަތް އަޑު އެއްސެވުމަށް ދާދި ދެންމެ ސްޕްރީމް ކޯޓަށް ވަޑައިގެންފިއެވެ.
ސްޕްރީމް ކޯޓްގައި މިއަދު ހިނގަމުންދާ ޝަރީޢަތް އަޑުއެހުމަށް ފުރުޞަތު ނުލިބުނު މީހުންނާއި ސަރަހައްދަށް އެއްވި މީހުން ސަރަހައްދުން ދުރަށް ޖައްސައި ކޯޓު ސަރަހައްދުން މީހުން ހުސްކޮށްފިއެވެ.
ފުލުހުންގެ އަމިރަށް ކިޔަމަންވުމަށް ފުލުހުން ދަނީ އެދެމުންނެވެ. ކިޔަމަންނުވާ ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ފުލުހުން ދަނީ ދެމުންނެވެ.