މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓުކުރި އެމް.ސެވަންގެ ފިހާރަތަކާއި ޗާޕުހާނާ ރޯކޮށްލާނެ ކަމުގެ އިންޒާރެއް އެކުންފުންޏަށް ދީފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމް.ސެވަންގެ ފިހާރަތަކާއި ޗާޕުހާނާ ރޯކޮށްލާނެ ކަމުގެ އިންޒާރު ދީފައިވަނީ، އެކުންފުނީގެ މުވައްޒަފުން މިއަދު ސުޕްރީމް ކޯޓުގައި ދޮގުހެކި ދިނުމަށް ރިޝްވަތު ހުށަހަޅައި ބިރު ދެއްކި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އެމް.ސެވަންގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅި އަދަދެއް އެއްވެސް މަސްދަރަކުން އަދި ރަސްމީކޮށް ޔަގީންވެފައި ނުވިނަމަވެސް، އެނގިފައިވާ ގޮތުގައި އެތަނުގެ ދިވެހި ބައެއް މުވައްޒަފުންނަށް ދޮގު ހެކި ދިނުމަށް އެއް މިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި ބިދޭސީ މުވައްޒަފުންނަށް 40 ހާސް ޑޮލަރު ހުށަހަޅާފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.