ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޙާބީ ރައީސް ޞާލިޙްއަށް މަރުހަބާ ކިޔައިފި!

ކިޔުމަށް ހޭދަވާނީ 43ސ
ޓީވީއެމްގެ ކުރީގެ މުވައްޒަފުން އިންތިޙާބީ ރައީސް ޞާލިޙްއަށް މަރުހަބާ ކިޔައިފި!
ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގައި މީގެ ކުރިން މަސައްކަތް ކުރި މުވައްޒަފުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއަށް މަރުހަބާ ކިޔައިފި އެވެ.

ޓީވީއެމްގައި މަސައްކަތް ކުރި މުވައްޒަފުން ރައީސް ޞާލިޙްއަށް މަރުހަބާ ކިޔާފައި ވަނީ ރޭގެ ވަޤުތެއްގައި މާގިރި ހޮޓެލްގައި ބޭއްވި ޙާއްސަ ހަފްލާއެއްގައެވެ.

އެ ހަފްލާގައި ޓީވީއެމްގެ ކުރީގެ މުވައްޒަފެއް އަދި މިހާރު ސަރުކާރު ހިންގާ ޕާޓީގެ ޕާލިމެންޓް ގްރޫޕްގެ މެންބަރެއް ކަމަށްވާ މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެން
ނެވިއެވެ. އޭގެ އިތުރުން ޓީވީއެމްގެ ކުރީގެ އެހެން މުވައްޒަފުން ވަނީ އިބޫއާއެކު ފޮޓޯ ވެސް ނަގާފައެވެ.

އިންތިޙާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ކުރިން ޓީވީއެމް ޕްރޮޑިއުސަރެއްގެ ގޮތުގައި އުޅުއްވާފައިވާ ބޭފުޅެކެވެ.
މިއަދު އޮންލައިން