ޝައިޚް އާދަމް ޝަމީމް ވިދާޅުވީ 30 ގަޑިއިރުވަންދެން އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ބެހެއްޓި ނަމަވެސް އޭނާ ހިފެހެއްޓި ސަބަބު ބުނެދީފައި ނުވާކަމަށެވެ. ނަމަވެސް އޮފިޝަލުން، އޭނާ ކުރައްވާ މަސައްކަތްޕުޅުތަކާއި ޙާޞިލުކުރައްވާފައިވާ ތައުލީމާއިބެހޭ ގޮތުން ސުވާލުކުރި ކަމަށެވެ.
ބައްޕާފުޅުގެ ބޭސް ފަރުވާއަށް ބޭބޭފުޅާއިއެކު ހުކުރު ދުވަހު އިންޑިއާއަށް ވަޑައިގަތުމުން ޝައިޚް އާދަމް ޝަމީމް ހިފެހެއްޓީ ޓްރިވެންޑްރަމް އެއާޕޯޓުންނެވެ. ޝައިޚް އާދަމް ޝަމީމް ހިފެހެއްޓުމާއި ގުޅިގެން އެމަނިކުފާނަކީ ހިފަހައްޓަން ޖެހެންވީ އެއްވެސް ސަބަބެއް އޮތް ބޭފުޅެއް ނޫންކަމަށް ބަޔާން ކުރައްވައި ރާއްޖޭގެ މަޝްހޫރު ބައެއް ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފައުޅު ކުރައްވައިފައެވެ.
Alhamdhu lillah.. Im back to Maldives last night from a 30+ hrs detention in Indian Immigration ,without giving me any reason of my detention. However Questions were posed from officials about my career and education background.
— Sheikh Adam Shameem (@adam_shameem) October 14, 2018