ސްޕްރީމް ކޯޓުގައި ހިންގާ ޝަރީއަތާއި ގުޅިގެން ޝުޢޫރު ފައުޅުކުރުމަށް މަގުމައްޗަށް ނުކުތް ނަމަވެސް ސިފައިންނާއި ފުލުހުންނަށް ރިވެތި ގޮތުގައި މުޢާމަލާމާތު ކުރުމަށާއި ކިޔަމަންތެރިވުމަށް 4 ލީޑަރުންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
"ސިފައިންނާއި ފުލުހުންނާއި ރައްޔިތުންގެ އެއްވެސް ބައަކު ކުރިމަތި ނުލުމަށާއި ހަޑި ހުތުރު ބަހުން މުޢާމަލާތު ނުކުރުމަށް ކޯލިޝަނުގެ ލީޑަރުން އެދޭ."
މިހާރުވެސް އެތައް ސަތޭކަ ބައަކު ވަނީ ސްޕްރީމް ކޯޓު ސަރަހައްދަށް އެއްވެފައެވެ. ރައީސް ޔާމީން ހައްޔަރުކުރުމަށް ބައެއް މީހުން ގޮވާތީ ހިލާލީގެ ސަރަހައްދުގައި ސެކިޔުރިޓީ ބެލެހެއްޓުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.