"ހިޔާ" މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓުތައް ބަހާފައިވަނީ ބޭއިންސާފުން ކަމަށް ބުނެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު އާއި ގިނަ ބަޔަކު ދިމާކޮށްލައިފިއެވެ.
ނިމިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައާއި ގުޅިގެން، މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމަށް ގޮސް ތިބި މީހުންގެ ތެރޭގައި ހައުސިން މިނިސްޓަރު ވެސް ހިމެނިވަޑައިގަތެވެ.
ނަމަވެސް އެސަރަޙައްދުގައި ޑރ. މުއިއްޒު ހުންނަވަނިކޮށް އެތަނުގައި އެއްވެތިބި ގިނަ އަދަދެއްގެ ބަޔަކު މިނިސްޓަރާއި ދިމާލަށް އެއްޗެހި ކިޔައި އަޑުގަދަކުރުމުން، އޭނާ ވަނީ އެސަރަހައްދު ދޫކުރައްވާ ވަޑައިގެންފައެވެ.