އިންތިހާބާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ނަން ނޯޓު ކުރާ ވަގުތު އިއުލާން ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
އިންތިހާބާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމަށް ވަންނަން ނަން ނޯޓު ކުރާ ވަގުތު އިއުލާން ކޮށްފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހެޅި މައްސަލައިގެ، މާދަމާއަށް ތާވަލު ކުރެވިފައިވާ ޝަރީއަތް އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަނުމަށް ނަންނޯޓު ކުރަންވީ ވަގުތު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ހާމަ ކޮށްފިއެވެ.

އެއެޑްމިނިސްޓްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމައްސަލައިގެ މާދަމާގެ އަޑުއެހުމަށް ވަނުމަށްޓަކައި ނަންނޯޓު ކުރުން އޮންނާނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން 9:45 އާއި ހަމައަށް ކަމަށެވެ.




ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު މެންދުރު 13:00 ގައި ފަށާފައިވާއިރު، މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ މާދަމާ ހެނދުނު 10:30 އަށް މިމައްސަލައިގެ ދެވަނަ އަޑުއެހުމެއް ތާވަލު ކުރެއްވުމަށްފަހުއެވެ.

މިމައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވަނުމަށް ނަންނޯޓު ކުރުމަށްޓަކައި ހެނދުނު 8:00 އިން ފެށިގެން އެސަަރަޙައްދުގައި ގިނަ އަދަދެއްގެ އިސްވެރިން ވެސް ތިއްބެވިއެވެ. ނަމަވެސް ކޯޓުރޫމްގެ ޖާގައަށް ބަލާފައި ޝަރީއަތުގެ މަޖިލީހަށް ވަދެވުނީ މަދުބަޔަކަށެވެ.

މިއަދު އޮންލައިން