ޢާޒިމާ ސްޕްރީމް ކޯޓަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޢާޒިމާ ސްޕްރީމް ކޯޓަށް ވަޑައިގެންފި



ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން މިއަދު ކުރިއަށް ގެންދާ ޝަރީޢަތުގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް މިނިސްޓަރު ޢައިޝަތު ޢާޒިމާ ޝުކޫރު ސްޕްރީމް ކޯޓަށް ވަޑައިގެންފިއެވެ.

ޝަރީޢަތް އަޑުއަހަން ބޭނުންވެގެން ކިޔޫގައި ތިބި ބައެއްގެ ނަން ނޯޓުކޮށް އެމީހުންނަށް ވަދެވޭނެކަން މިހާރު ވަނީ އަންގައިފައެވެ.

ޝަރީއަތް އަޑުއަހަން ބޭނުންވާ މީހުން އައީ ފަތިހުންސުރެ ކިޔޫ ގައި ޖެހެމުންނެވެ. ކިޔޫން މިއަދު ގިނައިން ފެނުނީ ކޯލިޝަނަށް ނިޞްބަތްވާ މީހުންކަން ފާހަގަ ކުރެވެއެވެ. ޖާގަ އޮތް ވަރަށް މީހުން ވެއްދި ނަމަވެސް ގިނަބައަކަށް މިއަދުވެސް ވަނީ ފުރުޞަތު ނުލިބިފައެވެ.
މިއަދު އޮންލައިން