ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: އަދުރޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރައީސް ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް: އަދުރޭ


ރައީސް ޔާމީނަކީ ބިރުފުޅުން ފިއްލަވައި ގެކޮޅުގައި އޮންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އަދި ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އިސް ބައެއް މެންބަރުންނާއި އަދުރޭ ކުރިން ވެސް ދެއްވާފައިވާ މި ޔަޤީންކަން ރޭ އަދުރޭ ދެއްވީ ޕީޕީއެމުން ކުރިއަށް ގެންދާ "އޮޅުވައިލި ވޯޓު" މުޒާހަރާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީނުގެ އަނބިކަނބަލުން މެޑަމް ފާތުން އާއި އެންމެ ހަގު ދަރިކަލުން މިހާރު ވަނީ ސައުދިއަރަބިޔާއަށް ފުރާވަޑައިގެންފައެވެ.
މިއަދު އޮންލައިން