ދޯންޏަށް ރާޅު އަރަމުންދާއިރުވެސް ނަމާދުގައި ސާބިތުވި ޒުވާން މަސްވެރިޔާއަށް ހަމަ އައްސަރިބަހާ ސާބަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ދޯންޏަށް ރާޅު އަރަމުންދާއިރުވެސް ނަމާދުގައި ސާބިތުވި ޒުވާން މަސްވެރިޔާއަށް ހަމަ އައްސަރިބަހާ ސާބަސް!

ގަދަ ކަނޑުގައި ދުއްވަމުންދާ ދޯންޏަށް ރާޅު އަރަމުންދާއިރުވެސް ނަމާދުގައި ސާބިތުވި ޒުވާން މަސްވެރިޔާއަށް ހަމަ އައްސަރިބަހާ ސާބަސް ހައްޤެވެ.

އަރާމުގައި ފިނި ކޮޓަރީގައި ތިބެ ވަޒީފާ އަދާކުރާ މީހުންނަށް ނަމާދު ވަގުތުތައް ފާއިތުވަމުންދާކަން ނުއެނގޭއިރު، ނަމާދު ނުކުރާއިރު، އެ ގަނދަކަނޑުގައި މަސްވެރިޔާ އެ ނަމާދުކުރަނީ ކޮންފަދަ ޙާލެއްގައިތޯއެވެ! ތައްޓުމައްޗަށް ރާޅު އަރާތީ މަސްއަޅާ އައިސްފޮށްޓެއްގެ މަތީގައި ހުރެގެންނެވެ.

މާލޭގައި ގިނަ އަދަދަކަށް މިސްކިތްތައް އެބަހުއްޓެވެ. ކޮންމެ މިސިކިތެއްގައިވެސް ފަންކާ އެބަހުޓެވެ. ގިނަ މިސްކިތްތަކުގައި ނަމާދުކުރަން ފަސޭހަކޮށްދިނުމަށް ވަނީ ދޫލަ އަޅައިފައެވެ. ވުޟޫ ކުރެވެން އެބަހުއްޓެވެ. ނަމަވެސް އާބާދީގެ އެންމެ 1 އިންސައްތަ މީހުން ވެސް ޖަމާއަތަށް ނަމާދަށް ނާރާކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެވެ.

ދިވެހިން ޢާންކޮށް ހަރަމް ބަންނަނީ މޭމަތީގައެވެ. ބަންގްލަދޭޝް މީހުން ޢާންމުކޮށް ހަރަމް ބަންނަނީ ބަނޑުކޮޅުގައެވެ. ޖަމާއަތަށް ގޮސް ތިބޭ ބަނޑުކޮޅުގައި ހަރަމް ބަންނަ މީހުންގެ އަދަދު އުނިކޮށްފިނަމަ މީހުން ތިބޭނީ ކިތައް ސަފުގައިކަން އެނގޭނީ އެކަމަށް ވިސްނާ މީހަކަށެވެ.

މިއަދު އޮންލައިން