ވޯޓުން މީހަކު ހޮވުމަކީ ޑިމަކުރޮސީގެ ފުރަތަމަ ތަނބު - އަމީން

ކިޔުމަށް ހޭދަވާނީ 1މ 21ސ
ވޯޓުން މީހަކު ހޮވުމަކީ ޑިމަކުރޮސީގެ ފުރަތަމަ ތަނބު - އަމީން
ރައްޔިތުންގެ ވޯޓުން މީހަކު ހޮވުމަކީ ޑިމަކްރޮސީގެ ފުރަތަނބު ކަމަށް، މޭޑޭގެ މުޒާހަރާއަށްފަހު، އަމިއްލަފުޅަށް ރާއްޖޭން ބޭރަށް އަރުވާލެވިގެން ދިރިއުޅުއްވުމުން ގެންދަވާ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބުރާހިމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްސީގެ ފުރަތަމަ ތަނބަކީ ރައްޔިތުންގެ ވޯޓުން ވެރިއަކު ހޮވުން ކަމަށާއި، އެތަނބު ވައްޓާލައިފިނަމަ މުޅި ނިޒާމް ކޮށި އަރައިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން އަމީން ވަނީ އިތުރު ޓްވީޓެއްވެސް ކުރައްވާފައެވެ. އެ ޓްވީޓްގައި އަމީން ވިދާޅުވީ، ރައްޔިތުން މަގުމައްޗަށް ނެރެ ހަމަނުޖެހުން ހިންގުވާފައި،ކުއްލި ނުރައްކަލުގެ ހާލަތު ގެންނަން ނޫޅުއްވުމަށެވެ. އަދި، ސަލާމަތީ ބާރުތަކުން (އެމް.އެން.ޑީއެފް އަދި ފުލުހުން) ތިބީ ރައީސް ޔާމީންގެ އަމުރު ތަންފީޒުކުރާ ގޮތަކަށް ނޫން ކަމަށް އަމީންގެ ޓްވީޓުގައި ވިދާޅުވިއެވެ.

އަމީން މިފަދައިން ޓްވީޓު ކުރައްވާފައިވާ އިރު، އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލު އުފައްދާ، ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ، ޕީޕީއެމް އިން ކުރިމަތިލި ރިޔާސީ ކެންޑިޑޭޓް އަބްދު ﷲ ޔާމީން ސްޕްރީމް ކޯޓަށް ހުށައެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑު އެހުން އިއްޔެ ވަނީ ނިންމާލާފައެވެ.



މިއަދު އޮންލައިން