23 ސެޕްޓެމްބަރުގައި ބޭއްވުނު ރިޔާސީ، އިންތިހާބުގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސް ޔާމިންގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ރައީސް އަބްދުﷲ ޔާމީނުގެ ފާޑު ކިޔުން އަމާޒުކޮށްފިއެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ޤައުމުގެ ޓީވީޗެނަލަކަށް ދެއްވި އިންޓަރވިއުއެއްގައި ދުންޔާ ވިދާޅުވީ ބަލި ގަބޫލު ކުރައްވަން ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމަށާއި ރައީސް ޔާމީނަކީ ނާކާމިޔާބުގައި ވެސް ގޯސް ހައްދަވާ ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން ދުންޔާގެ ވާހަކަފުޅުގައި ފާހަގަކޮށްލެވޭ ކަމަކަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ގެނެސްދިން ނަމަވެސް ރައްޔިތުން ތިބީ ބިރުވެރިކަމެއްގައި ތެރޭގައި ކަމަށްށެވެ.
ދުންޔާ އިންޑިއާއަށް ވަޑައިގަތީ ރައީސް މައުމޫންގެ ފަރާތުން މަންދޫބެއްގެ ގޮތުގައެވެ.