ހާޓްއެޓޭކެއް ޖެހިގެން އަޖީއެމްއަށް ގެނައި ޤައިދީގެ ހާލު ސީރިއަސް!

ކިޔުމަށް ހޭދަވާނީ 31ސ
ހާޓްއެޓޭކެއް ޖެހިގެން އަޖީއެމްއަށް ގެނައި ޤައިދީގެ ހާލު ސީރިއަސް!
ހާޓް އެޓޭކެއް ޖެހިގެން މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު، އަޖީއެމް ހޮސްޕިޓަލަށް ގެނައި ޤައިދީގެ ހާލު ސީރިއެސް ކަމަށް މައުލޫމާތު ލިބިއެއްޖެއެވެ.

ދިހަ އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން އަންނަ އެ ގައިދީ މީހާ މާލެ ގެނެސްފައިވަނީ މެއަށް ތަދެއް އަރައިގެން ހިންމަފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާގެ އީސީޖީގައި މައްސަލަތަކެއް ފާހަގަކުރެވުމާއި ގުޅިގެން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ.

މައުލޫމާތު ލިބުން ގޮތުގައި، އެ ގައިދީއަކީ މީގެކުރިން ހިތުގެ އެއްވެސް މައްސަލައެއް ދިމާވެފައިވާ މީހެއް ނޫނެވެ. އަދި އެފަދަ ކަމެއް މެދުވެރި ވެދާނެ ބައްޔެއްވެސް ހުރި މީހެއް ނޫނެވެ.
މިއަދު އޮންލައިން