ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތަކާ ޚިލާފަށް ބިން ކޮނެ، ފެން ނަގައި ފެން ބޭރުކޮށްފައިވާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފިއެވެ.
އިއްޔެ އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ އިމާރާތް ހުންނަ ކޮމްޕައުންޑްގެ ހުޅަނގު ކަންމަތީގައި، އަމީނީމަގަށް ވާގޮތަށް އެ މިނިސްޓްރީގެ ފަރާތުން މިއަހަރުގެ ޖުލައި މަހުގެ ދިހަ ވަނަ ދުވަހު ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާކަން އީޕީއޭ އިން ކުރި މޮނިޓަރިންގައި ފާހަގަ ކުރެވިފައިވާތީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީ ޖޫރިމަނާކޮށްފައި ވަނީ ފަންސާސް ހާސް ދިވެހި ރުފިޔާއިންނެވެ.