12 މެންބަރުންގެ މައްޗަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި!

ކިޔުމަށް ހޭދަވާނީ 1މ
12 މެންބަރުންގެ މައްޗަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންގޮސްފި!
ފުލުހުންގެ ވަޖިބަށް ހުރަސް އެޅިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ މައްޗަށް އުފުލި ދަޢުވާ އަނބުރާ ގެންގޮސްފިއެވެ. މެންބަރުންގެ މައްޗަށް މި ދައުވާ އުފުލާފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިންނެވެ.

ދައުވާ އުފުލާފައިވާ މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރު ރައީސް ކަމަށް އިންތިހާބުވެފައިވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވެސް ހިމެނެއެވެ.

ބާކީތިބި އެގާރަ މެންބަރުންނަކީ، މެންބަރު އަބްދުﷲ ރިޔާޒާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދާއި، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި، މާފަންނޫ ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީއާއި، ހެންވޭރު ދެކުނު މެންބަރު އަހުމަދު އަބްދުލް ކަރީމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ..

މިއަދު އޮންލައިން