ގާޒީ ނިހާން ގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ގާޒީ ނިހާން ގެ އިސްތިއުނާފް އަޑުއެހުން ނިންމާލައިފި
ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނުރުނުކަމަށް ބުނެ ދައުލަތުން ދައުވާކޮށް ކުށް ސާބިތުވި، އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހުމަދު ނިހާން ގެ ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި މިއަދު ނިންމާލައިފިއެވެ.

މިމައްސަލައިގައި ދައުލަތުން ވަނީ ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާއާއި ފޭކު ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މިހަތަރު ދައުވާގެ ތެރެއިން ގާޒީ ނިހާންގެ މައްޗަށް މިހާތަނަށް ޝަރީއަތް ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއަށެވެ.

މިދައުވާގެ މައްޗަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު ގާޒީ ނިހާން އަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. މިއަދު ނިންމާލާފައިވަނީ އެހުކުމުގެ އިސްތިއުނާފް ޝަރީއަތެވެ.
މިއަދު އޮންލައިން