ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާާޅުވެފައިވަނީ ހެކިބަސް ދޭ މީހުންގެ ކެރެކްޓާ ވަޒަންކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ނުދީ، އެމީހެއްގެ ހެކިބަހުގެ މައްޗަށް ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން ނިންމި ނިންމުން ބާތިލެއް ނުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ދިޔާނާ ވިދާޅުވީ ހެކި ވަންހަނާ ނުކުރެވޭނެ ކަމަށެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޤަބޫލު ކުރެއްވުމަށްފަހު، ފަހުން އެނަތީޖާ ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައެވެ. އިއްޔެ އެމައްސަލައިގެ ފުރަތަމަ އަޑުއެހުން އޮތް އިރު މިއަދު އޮތީ ކޮށްފައިވާ ދައުވާތަކަށް ޖަވާބުދާރީވުމުގެ އަޑުއެހުމެވެ. މިމައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 10:30 ތާވަލު ކޮށްފައިވާއިރު، އިންތިހާބާއި ގުޅޭ މިމައްސަލައިގެ ހުކުމް އިއްވުން މާދަމާ ރޭގެ ވަގުތެއްގައި އޮންނާނެ ކަަމަށް ވެސް ދަނީ އަޑުފެތުރެމުންނެވެ.
Hekibas dhey meehunge character vazan kurumuge furusathu dhifaaee vakeelunnah libinudhee e meehunge hekibahuge macchah Dhivehi rayyithunge saafu aghlabiyyathun ninmi nimumeh baathil nukureveyne.
— Dhiyana
Heki vanhanaa nukureveyne.