ދުސްތޫރީ މައްސަލައެއްގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ނުހިންގޭނެ: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދުސްތޫރީ މައްސަލައެއްގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ނުހިންގޭނެ: ޙިސާން
ޖިނާޢީ މައްސަލަތައް ތަޙްޤީޤްކުރުމުގެ ބާރު ފުލުހުންނަށް ލިބިފައިވީ ނަމަވެސް އިންތިޚާބުތަކާއިބެހޭ ޤާނޫނު އޮންނަގޮތުން އިންތިޚާބަކާއި ބެހޭ ދުސްތޫރީ މައްސަލައެއްގެ ތެރެއިން ޖިނާޢީ ތަޙްޤީޤެއް ކުރިއަށް ގެންދެވޭނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ޤާނޫނީ ވަކީލް ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން ވިދާޅުވީ އިންތިޚާބަކާއި ގުޅިގެން ނަމަވެސް ޖިނާޢީ އެއްވެސް ކުށެއް ކޮށްފައިވާނަމަ އެކަމެއް ބަލަންޖެހޭނީ ވެސް ޤާނޫނުގައި އެކަމަށް އޮންނަ އިޖުރާތުތަކުގެ ތެރެއިން ކަމަށާއި ދުސްތޫރީ މައްސަލައެއްގެ ޝަރީއަތުގެ ތެރެއިން ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ޙިސާން މިއަދު ވިދާޅުވީ ރައީސް ޔާމީނު ބޭނުންފުޅުވެވަޑައިގެންނެވި ނަމަވެސް ތަޙްޤީޤްތައް ކުރިއަށް ގެންދެވޭނީ ޤާނޫނުގެ ތެރެއިން ކަމަށާއި އެމްއެންޑީއެފް އަކީ އެއްވެސް ހައިޞިއްޔަތަކުން މައްސަލަތައް ބަލައި ތަޙްޤީޤް ކުރުމުގެ ބާރު ލިބިގެންވާ މުއައްސަސާއެއް ނޫން ކަމަށެވެ.

ޙިސާން މިއަދުވެސް ވިދާޅުވީ "ޖާދޫގެ ތުހުމަތުތަކެއްގެ މައްޗަށް ދައުވާކޮށްފައިވީ ނަމަވެސް" އިންތިޚާބުގެ ނަތީޖާއަށް އެއްވެސް ބަދަލެއް އަތުވެދާނެ އެއްވެސް ކަމެއްވެސް އެއްވެސް މީހަކު ކުރިކަމުގެ އެއްވެސް ހެއްކެއް އަދިވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

ދެލި ފޮހެވޭ ގަލަމެއްގެ ވާހަކަ ދައްކާތީ އަމިއްލަ ގަލަން ހިފައިގެން ވޯޓުލާން ދިއުން އެދި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ކޮމިޝަނުން ހުށަހެޅި ކަމަށްވެސް ޙިސާން ވިދާޅުވިއެވެ. އަދި ޝަރީއަތް ދެން ކުރިއަށްދާނެ ގޮތެއް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހަޅުއްވާ ސިއްރު ހެކިން ބަލައިގަތުމާއިމެދު ފަނޑިޔާރުން ނިންމާ ގޮތެއްގެ މަތިން ކަމަށްވެސް ޙިސާން ވިދާޅުވިއެވެ.

މިއަދު އޮންލައިން