ބާރުތައް ބަދަލު ކުރަން ދަތިކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޔޫއިން ދީފި

ކިޔުމަށް ހޭދަވާނީ 1މ 3ސ
ބާރުތައް ބަދަލު ކުރަން ދަތިކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އީޔޫއިން ދީފި
ރާއްޖޭގެ ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅުހަދާ ދަތިކުރާނަމަ ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޕާލަމެންޓް މެމްބަރު ތޯމަސް ޒެކޯވްސްކީ ވިދާޅުވެއްޖެއެވެ.

ތޯމަސް ޒެކޯވްްސްކީ މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބު ވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިހާރު އަމަލު ކުރައްވަމުން ގެންދަވަނީ ކަންބޮޑުވާފަދަ ގޮތަކަށް ކަމަށެވެ.

ސުޕްރީމް ކޯޓު ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމަށް ރައީސް ޔާމީން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވަމުން ޒެކޯވްސްކީ ވިދާޅުވީ އަމާންކަމާއެކީގައި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އަޅަން އީޔޫ އިން ޖެހިލުން ނުވާނެ ކަމަށެވެ.



މިއަދު އޮންލައިން