އިންތިހާބާއި ގުޅޭ ޝަރީއަތަށް މާދަމާ ވަނުމަށް ނަންނޯޓު ކުރާ ވަގުތު އިއުލާނު ކޮށްފި

ކިޔުމަށް ހޭދަވާނީ 49ސ
އިންތިހާބާއި ގުޅޭ ޝަރީއަތަށް މާދަމާ ވަނުމަށް ނަންނޯޓު ކުރާ ވަގުތު އިއުލާނު ކޮށްފި
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހެޅި މައްސަލައިގެ، މާދަމާއަށް ތާވަލު ކުރެވިފައިވާ ޝަރީއަތް އަޑުއެހުމަށް ސުޕްރީމް ކޯޓަށް ވަނުމަށް ނަންނޯޓު ކުރަންވީ ވަގުތު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ ހާމަ ކޮށްފިއެވެ.

އެއެޑްމިނިސްޓްރޭޝަނުން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އެމައްސަލައިގެ މާދަމާގެ އަޑުއެހުމަށް ވަނުމަށްޓަކައި ނަންނޯޓު ކުރުން އޮންނާނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން 9:45 އާއި ހަމައަށް ކަމަށެވެ.



މިއަދު އޮންލައިން