ޤައުމަށް ކުރިމަތިވެދާނެ ޙާލަތަކަށް އަސްކަރިޔާ އިން ވިސްނައި ތިބުމަށް ޝައިޚް ޢަލީ ޒައިދު އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޤައުމަށް ކުރިމަތިވެދާނެ ޙާލަތަކަށް އަސްކަރިޔާ އިން ވިސްނައި ތިބުމަށް ޝައިޚް ޢަލީ ޒައިދު އެދިވަޑައިގެންފި
ޤައުމަށް ކުރިމަތިވެދާނެ ޙާލަތަކަށް ދިވެހި އަސްކަރިޔާ އިން ވިސްނައި ތިބުމަށް ޝައިޚް ޢަލީ ޒައިދު އެދިވަޑައިގެންފިއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމާއި އެހެނިހެން ކަންކަން ކުރިއަށް ގެންދިއައީ ރައްޔިތުންގެ ކުރިމަތީގައި ކަމަށާއި އިންތިޚާބު ދިއައީ ވަރަށް އޮމާންކޮށް ކަމަށެވެ. މިކަމަށް ޤައުމުގެ ހުރިހާ އެންމެން ހެކިވާ ކަމަށެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މަދު ބައެއްގެ މަޞްލަހަތަށްޓަކައި ކުރެވޭ ދޮގު ދައުވާތަކަށްވުރެ، ޤައުމު ބޮޑުކަމަށެވެ. މަދު ބައެއްގެ ލާލަޖުގަ ޤައުމު އަނދަވަޅަކަށް ވައްޓާލަން ހެޔޮ ނުވާނެ ކަމަށާއި ދިވެހި އަސްކަރިއްޔާއިން މިކަމަށް ވިސްނުން މުހިންމު ކަމަށެވެ.

"މަދު ބައެއްގެ މަޞްލަހަތަށްޓަކައި ކުރެވޭ ދޮގު ދައުވާތަކަށްވުރެ، ޤައުމު ބޮޑު! އިންތިޚާބު ދިއައީ ވަރަށް އޮމާންކޮށް! ހުރިހާ އެންމެން މިކަމަށް ހެކިވޭ! ހެޔޮ ނުވާނެ ޤައުމު އަނދަވަޅަކަށް ވައްޓާލަން މަދު ބައެއްގެ ލާލަޖުގަ! ވޯޓު ގުނީ އެންމެންގެ ކުރިމަތީގަ! އަސްކަރިއްޔާއިން މިކަމަށް ވިސްނުން މުހިންމު!"



މިއަދު އޮންލައިން