ރޭނިސް ސަލީމަށް މަރުގެ އިންޒާރު ދިންކަމަށް ބުނި ބުނުން މަހުލޫފް ދޮގު ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 13ސ
ރޭނިސް ސަލީމަށް މަރުގެ އިންޒާރު ދިންކަމަށް ބުނި ބުނުން މަހުލޫފް ދޮގު ކޮށްފި
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރު މުޙައްމަދު ސަލީމް (ރޭނިސް ސަލީމް) އަށް، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޙްލޫފު މަރުގެ އިންޒާރު ދިން ކަމަށް ބުނި ބުނުން އޭނާ ދޮގު ކޮށްފިއެވެ.

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އިއްޔެގެ އަޑުއެހުމުގެ ތެރޭގައި ރޭނިސް ސަލީމަށް މަހުލޫފް މަރުގެ އިންޒާރު ދިން ކަމަށް ބުނެ ޓްވީޓު ކޮށްފައިވަނީ ޕީޕީއެމްގެ އިސް އެކްޓިވިސްޓް މުޙައްމަދު ލަމްއާން އެވެ.

ކުއްލި ޚަބަރެއް ކަމަށްބުނެ ލަމްއާން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ޤާނޫނީ ވަކީލު އަލްއުސްތާޛް ސަލީމް (ރޭނިސް ސަލީމް) އަށް ސުޕްރީމް ކޯޓު ތެރޭގައި އަހުމަދު މަހުލޫފް މަރުގެ އިންޒާރު ދީފިކަމަށެވެ.

ޝަރީއަތުގެ އަޑުއެހުން ނިމުމަށްފަހު މަހުލޫފް އެޓްވީޓް ރީޓްވީޓް ކުރައްވާ ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގެއް!" ކަމަށާއި ބޮޑު ތަފާތަކުން އިންތިހާބުގައި ރައީސް ޔާމީން ބަލި ކުރެއްވުމުން "ވޯޓު އޮޅުވާލީއޭ ކިޔައިގެން ދޮގު ހަދާ އުސޫލުން ދައްކާ ބުހުތާން ދޮގު ވާހަކައެއް" ކަމަށެވެ.



މިއަދު އޮންލައިން