ވޯޓު އޮޅުވާލަން ކުރި ކަމަކީ ބޭރުގަ ތިބެގެން ގަލަން ދިނުމާ އަތް ދަބަސް ހިފައިގެން ސަރަހައްދަށް ވަނުން: ޕީޕީއެމްގެ ސްޕޯޓަރުން
23 ސެޕްޓެމްބަރުގައި ލީ ވޯޓު ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށާއި އޮޅުވާލަން ކުރި ކަމަކީ ބޭރުގަ ތިބެގެން ވޯޓުލާނެ ގަލަން ދިނުމާއި އަތް ދަބަސް ހިފައިގެން ސަރަހައްދަށް ވަނުން ކަމަށް ޕީޕީއެމްގެ ސްޕޯޓަރުން ބުނަމުން އެބަ ގެންދެއެވެ.
ސްޕްރީމް ކޯޓު ސަރަހައްދުގައި ދެފަރާތުގެ ސަޕޯޓަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ކުރިއަށް ގެންދާއިރު ވޯޓު އޮޅުވާލިކަމަށް ބުނެ ޕީޕީއެމްގެ ސްޕޯޓަރުން ދައްކަމުން ގެންދަނީ މިބާވަތުގެ ވާހަކަތަކެވެ.
ގަލަން ނުލައި ވޯޓުލާން ދިއަ މިހަކު ވޯޓުލާނެ ގަލަމެއް ދިނުމާއި އޮފިޝަލުންނާއި މީޑިއާގެ މީހުން އަތްދަބަހެއް ހިފައިގެން ސަރަހައްދަސް ވަނުމުން ވޯޓު އޮޅޭނެ ގޮތެއް ބުނެ އެއް ނުދެއެވެ.