ރައީސް ޔާމީން ހުށަހެޅުއްވީ ޤާނޫނީ މައްސަލައެއް ނޫން- ބަލި ޤަބޫލު ނުކުރެއްވިގެން އިޙްޞާޞް ކުރެއްވުނު ވޭނާ އުދާސްތައް: ޙިސާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރައީސް ޔާމީން ހުށަހެޅުއްވީ ޤާނޫނީ މައްސަލައެއް ނޫން- ބަލި ޤަބޫލު ނުކުރެއްވިގެން އިޙްޞާޞް ކުރެއްވުނު ވޭނާ އުދާސްތައް: ޙިސާން
ރައީސް ޔާމީނު ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިގެން އުޅުއްވަނީ އެއްވެސް ހައިޞިއްޔަތަކުން ޤާނޫނީ މައްސަލައެއް ނޫން ކަމަށާއި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތީޚާބުގެ ބޮޑު ބަލި ޤަބޫލު ނުކުރެއްވިގެން އިޙްޞާޞް ކުރެއްވުނު ވޭނާ އުދާސްތައް ކަމަށް ޤާނޫނީ ވަކީލް ޙިޞާން ޙުސައިން ވިދާޅުވެއްޖެއެވެ.

ޙިސާން ވިދާޅުވީ ޙަޤީޤަތަކީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ނުކުމެ ރައްޔތުންގެ ބަސް އިއްވުމުން، ޤާނޫނު އަސާސީން ރައްޔިތުންނަށް ދީފައިވާ ޙައްޤުގެ ބޭނުންކޮށް، ވޯޓުލުމުން އެ ވޯޓުގެ ނަތީޖާ އާއިމެދު ހިތްހަމަނުޖެހިގެން ރައީސް ޔާމީނު ހުށަހަޅުއްވާފައިވާ މައްސަލައެއް ކަމެވެ. "ނަތީޖާ ޤަބޫލު ނުކުރެވިގެން، ބަލި ޤަބޫލު ނުކުރެއްވިގެން އިޙްޞާޞް ކުރެއްވުނު ވޭނާ އުދާސްތައް ދުސްތޫރީ މައްސަލައެއްގެ ގޮތުގަ ހުށަހަޅުއްވައިގެން މިއަދު ކުރިއަށް މިގެންދަވަނީ. އަދި އެދިވަޑައިގަންނަވަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ވޯޓުލުމުގެ ޙައްޤު ބާޠިލުކޮށްދެއްވަން. ނުވަތަ އެ ހައްޤުގެ ނަތީޖާ ބާޠިލުކޮށްދެއްވަން."

"އަޅުގަނޑުމެން މިއަދު އުއްތަމަ ފަނޑިޔާރާ އެހެން ފަނޑިޔާރުންގެ އަރިހުން އެދުނިން ރައްޔިތުން ބޭނުންކުރި ޙައްޤު ނިގުޅައި ނުގަނެ، އެ ޙައްޤަކީ ބާޠިލު ކުރެވޭނެ ޙައްޤެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް." ކަމަށް ވެސް ޙިސާން ވިދާޅުވިއެވެ.

ހިސާން ވަނީ ރައްޔިތުންނަށް އުންމީދުތަކެއް ދެއްވައިފައެވެ. "ރައްޔިތުން 23 ސެޕްޓެމްބަރުގައިލީ ވޯޓުގެ ނަތީޖާ އާ އެއްގޮތަށް މައްސަލަ ނިމިގެންދާނެ ކަމަށް އުންމީދުކުރަން" ކަމަށް ހިސާނު ވިދާޅުވުމުން ސަރަހައްދުގައި އެއްވެ ތިބި އެތައް ސަތޭކަ ރައްޔިތުން ވަނީ އުފާފައުޅުކޮށްފައެވެ.

މައްސަލައިގެ ޙުކުމް އިއްވާނީ ކޮން ދުވަހަކުކަން މިއަދު ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް އިތުރު މައްސލައެއް ކުރިމަތި ނުވާނަމަ ދެން ބާއްވާ އަޑުއެހުމެއްގައި ޙުކުމް އިއްވާނެއެވެ.


މިއަދު އޮންލައިން