13 އޮކްޓޯބަރުގެ ފަހުން އިންތިޚާބާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ބަލައެއް ނުގަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
13 އޮކްޓޯބަރުގެ ފަހުން އިންތިޚާބާ ގުޅޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ބަލައެއް ނުގަންނާނެ!
13 އޮކްޓޯބަރު 2018 ގެ ފަހުން 23 ސެޕްޓެމްބަރު 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ ނުވަތަ ބެހޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ބަލައެއް ނުގަންނާނެއެވެ.

އިންތިޚާބާއި ބެހޭ ޤާނޫނު ބުނާ ގޮތުން އިންތިޚާބާއިބެހޭ އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ހުށަހަޅާނަމަ ދާއިމީ ނަތީޖާ އިއުލާނުކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެއެވެ. އަދި 30 ދުވަހުގެ ތެރޭގައި ޙުކުމް ކުރަންޖެހޭނެއެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވްހު ހެނދުނު 10.50 ގައެވެ. އެހެންކަމުން 14 ދުވަސް އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ 10.50އަށް ހަމަވާނެއެވެ.

މިކަމާއިބެހޭ ގޮތުން މިއަދުނޫހުން ދެންނެވި ސުވާލެއްގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ ޤާނޫނުގައި ބުނާ 14 ދުވަހުގެ ތެރޭގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަހެޅުއްވުމުން މިހާރު ކުރިއަށް ގެންދާ މައްސަލަ ނޫން އެއްވެސް މައްސަލައެއް އެއްވެސް ކޯޓަކަށް ހުށަހަޅާފައިވާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ.
މިއަދު އޮންލައިން