ވިލާ ކޮލެޖުން އަންނައަހަރުގެ ޖެނުއަރީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ވިލާ ކޮލެޖުން އަންނައަހަރުގެ ޖެނުއަރީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ވިލާ ކޮލެޖުގައި 2019 ވަނަ އަހަރު ޖެނުއަރީއިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޯސްތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް,ދިވެހި، ހިއުމަން ރިސޯސް، ނާސިން، އިކޮނޮމިކްސް،އެކައުންޓިންގ، ޓޫރިޒަމް، ހޮސްޕިޓަރލިޓީ،ޕަބްލިކް ހެލްތް،ރިސާރޗް،މާކެޓިންގ، މެރިން ސްޓަޑީސް، ޑައިވިން އަދި ވޯޓާރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 97 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 13 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 8 ކޯހަކާއި، ޑިގްރީ ފެންވަރުގެ 20 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 16ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 12 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 12ކޯހެއްގެ އިތުރުން މެރިން ސްޓަޑީސް ދާއިރާގެ 11 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުން ބުނެފައިވަނީ އެކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް،ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސްގައިވެސްމި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައިކަމަށެވެ. އަދި މީގެ އިތުރުން، މުޅިން އަލަށް އޭސީސީއޭ ގެ ނޮލެޖް ލެވަލް ކޯސްތަކެއް މި ޖެނުއަރީ އިންޓޭކުގައި ވިލާ ކޮލެޖު ހިތަދޫ ކެމްޕަހުގައި ފެށޭނެކަމަށެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ، މާސްޓާރސް، ޑިގްރީ އަދި ޕްރޮފެޝަނަލް ފެންވަރުގެ ކޯސްތަކަށް27ޑިސެމްބަރ2018 އަދި މިނޫން ކޯސްތަކަށް 31 ޖެނުއަރީ 2019އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގައެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރ 2017 އިން ފެށިގެން ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން