ފައިސާ ބޭރަށް ގެންދިޔަ މައްސަލައިގައި ފުލުހުން ޖަވާބެއް ނުދިން

ކިޔުމަށް ހޭދަވާނީ 51ސ
ފައިސާ ބޭރަށް ގެންދިޔަ މައްސަލައިގައި ފުލުހުން ޖަވާބެއް ނުދިން
ނުހައްގުން ހޯދާފައިވާ ފައިސާތަކެއް ހިފައިގެން ބަޔަކު ރާއްޖެއިން ބޭރަށް ފުރަން އުޅޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލީ ޙުސެއިން ފުލުހުންނަށް ހުށަހެޅި މައްސަލައާއި ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނެވެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ހުސެއިން މިދިޔަ ބުދަ ދުވަހު ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމާ އެކަށީގެންނުވާ ގޮތުން އާމްދަނީގެ ގޮތުގައި ހޯދާފައިވާ ފައިސާތަކެއް ހިފައިގެން ރާއްޖެއިން ފުރަން އުޅޭ ކަމަށެވެ.

އެމައްސަލައަކީ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ އެކަމާއި ގުޅޭގޮތުން ލިބިފައިވާ ހެކިތަކުގެ ތަފްސީލެއް އަލީ ހުސެއިން މީޑިއާތަކާއި ހިއްސާ ނުކުރައްވައެވެ.

އަލީ ހުސެއިން ހުށަހެޅުއްވި އެމައްސަލައިގެ ތަހުގީގާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން "ވަކި އެއްޗެސް ބުނެވެން ނެތް " ކަމަށެވެ. އެހެންކަމުން އެމައްސަލަ އަދިވެސް ތަހުގީގު ކުރާކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް އަދި ނޭނގެއެވެ.
މިއަދު އޮންލައިން