ފިޝަރީޒް މިނިސްޓްރީން ބ. އަތޮޅުގެ ދެ ފަޅު ރަށެއް 10 އަހަރަށް ވަރުވާ އަށް ދޫކޮށްފިއެވެ,
މި ދެރަށް ވަރުވާ އަށް ދިނުމަށް ވަކިން އިއުލާނުކޮށްފައިވާއިރު ބ. އަތޮޅުގެ ގެމެންދު އާއި ދަކަންދޫ ވަރުވާ އަށް ދީފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޅ. ހިންނަވަރު، ކަޝްމީރުގެ، އިބްރާހީމް ރާމީ ކިޔާ މީހަކަށެވެ.
ދަކަންދޫ ވަރުވާ އަށް ދޫކުރަން އިއުލާނުކުރީ މާޗު 20، 2018 ގަ އެވެ. ގެމެންދޫ ވަރުވާ އަށް ދޫކުރަން އިއުލާނުކޮށްފައިވަނީ އޭޕްރީލް 10، 2018ގަ އެވެ. ދަކަންދު އަކީ 6.50 ހެކްޓަރުގެ ބޮޑު ފަރެއް އޮންނަ ރަށެކެވެ. ގެމެންދު އަކީ 1.18 ހެކްޓަރުގެ ރަށެކެވެ.
24 ރަށެއް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން ވަނި އިއުލާނުކޮށްފައެވެ.