ރައީސް ނަޝީދު ސައުދިއަރަބިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލަވާފައި ލަންޑަނަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރައީސް ނަޝީދު ސައުދިއަރަބިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލަވާފައި ލަންޑަނަށް ވަޑައިގެންފި


ރައީސް މުޙައްމަދު ނަޝީދު ސައުދީ ރަސްގެފާނުގެ ދައުވަތަކަށް ސައުދިއަރަބިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލަވާފައި ލަންޑަނަށް ވަޑައިގެންފިއެވެ.

ކުރީގެ ޚާރިޖީ ވަޒީރު އަހްމަދު ނަސީމް ވިދާޅުވީ މިއީ ކާމިޔާބު ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ސައުދީ ރަސްެފާނުގެ އިތުރުން ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށާއި މަޝްވަރާތަކަކީ ކާމިޔާބު މަޝްވަރާތަކެއް ކަމަށެވެ.

ރައީސް ނަޝީދު އެނބުރި ވަޑައިގަންނަވާ ޚާއްޞް ޖެޓް ލަންޑަނަށް ޖައްސާނީ މިއަދު ހެނދުނު 6.05 ގައި ކަމަށްވެސް ނަސީމް ވަނީ ވިދާޅުވެފައެވެ. އެއީ މާލޭ ގަޑިން 11.06 އެވެ. ނަސީމް ވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ސައުދީ ރަސްގެފާނަށާއި ވަލީ އަހުދަށް ޝުކުރު އަދާކުރައްވައިފައެވެ.





މިއަދު އޮންލައިން