ގުނަމުން މިދަނީ ވެރިކަމުގެ ފަހު ދުވަސްކޮޅު: ރައީސް ޔާމީން
ގުނުއްވަމުން މިގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޤައުމާއި މުޚާޠަބް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން މިމޭރުމުން ވިދާޅުވި ނަމަވެސް މިއީ ކޮން ނިޔަތެއްގައި ވިދާޅުވި ބަސްފުޅެއްކަމެއް ސާފެއް ނުވެއެވެ. ސަބަބަކީ އެމަނިކުފާނު ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އާއިބެހޭ ގޮތުން އެއްވެސް ބަސްފުޅެއް ވިދާޅުވުފައި ނުވާތީއެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ޢަބޫލުފުޅު ކުރައްވާ ކަމާއި ވެރިކަމުން ދުރަށްޖެހިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިންވެސް ރައީސް ޔާމީނު ވިދާޅުވިއެވެ. ނަމަވެސް އެއިގެފަހުން ވަނީ އިންތިޚާބު އިންޞާފުވެރި ނޫންކަން ބަޔާން ކުރައްވައި މައްސަލަތަކެއް އަމިއްލަފުޅަށް އުފައްދަވައިގެން ސްޕްރީމް ކޯޓަށް ވަޑައިގެންފައެވެ.
ޤައުމީ ސަލާމަތާއިބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުން ޤައުމީ ސަލާމަތަށްޓަކައި އިތުރު ފިޔަވަޅެއް އަޅުއްވަން އުޅުއްވާ ކަމުގެ ބިރު އުފެދޭ މޭރުމަކުން ވެސް ވަނީ ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފައެވެ.
ހަމައެއާއިއެކު ވާހަކަފުޅު ދައްކަވަނީ އިޚްލާޞްތެރި ހިތަކާއިއެކުގައި ކަމަށްވެސް ވިދާޅުވެފައިވުމުން އެ ވިދާޅުވި އިޚްލާޞްތެރިކަން ރައްޔިތުންނަށް ދެން ފެންނާނީ ކޮން ގޮތަކަށްކަން މާނަކުރަން އުނދަގޫވަނީ މިފަދަ ވާހަކަފުޅުތަކަށްފަހު ދެން ޢަމަލުކުރައްވާފައިވާ ގޮތުންނެވެ.
އެހެންކަމުން މިއަދުގެ ވާހަކަފުޅުގެ ޙަޤީޤީ ބޭނުންފުޅަކީ ކޮބައިކަން އަދި ވަނީ އޮޅުމެއްގެ ތެރޭގައެވެ.
އިތުރު ތަފްޞީލް އަންނަނީ-