އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނަށްލީ ވޯޓު ކަމަށް ކަނޑައެޅުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޤާނޫނީ ވަކީލު، ހއ.އިހަވަންދޫ އަންބަރީގޭ އަބްދުލް މާނިއު ހުސައިން ހުށައެޅުއްވި އެ މައްސަލަ އޭނާ އަނބުރާ ގެންގޮސްފައިވަނީ، މައްސލައިގައި ވަނީ ބުއްދި ޤަބޫލްކުރާ ކަމަކަށް ނުވާތީއާއި އެފަދަ ކަމެއް ނުހިނގާކަން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ޔަގީންކޮށްދޭތީ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ހުސައެޅުއްވުމާއި ގުޅިގެން މާނިއުއަށް ގިނަބައެއްގެ ފާޑުކިއުންތަށް އަމަޒުވެފައި ވާއިރު، މީސްމީޑިއާގައި މިކަން ވެފައި އޮތީ ބޮޑު ޖޯކަކަށެވެ.