ރާއްޖޭން ބޭރުގައި ތިއްބެވި އީސީގެ ތިން މެމްބަރަކު ރާއްޖެ ވަޑައިގެންފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ރާއްޖޭން ބޭރުގައި ތިއްބެވި އީސީގެ ތިން މެމްބަރަކު ރާއްޖެ ވަޑައިގެންފި!
ރިޔާސީ އިންތިޚާބު ވަނީ އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަށް މަރުގެ އިންޒާރު ދޭން ފެށުމުން، ސްރީ ލަންކާ އަށް ވަޑައިގަތް ހަތަރު މެމްބަރުންގެ ތެރެއިން ތިން މެމްބަރަކު ރޭ ރާއްޖެ ވަޑައިގެންފި އެވެ.

މައުލޫމަތު ލިބިފައިވާ ގޮތުން މިވަޤުތު ލަންކަގައި ހުންނެވީ މެމްބަރު ހަބީބް އެކަންޏެވެ. އަދި ހަބީބް ވެސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އީސީގެ މެމްބަރު އަކްރަމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭން ބޭރަށް ވަޑައިނުގަތް ހުންނެވީ އީސީގެ ރައީސް ޝަރީފް އެކަންޏެވެ.

މީގެ އިތުރުން، މެމްބަރުންގެ މެދުގައި މަޝްވަރަގެ ބައްދަލުވުންތަކާއި، ނިންމަން ޖެހޭ ކަންކަން ނިންމާފައި ވަނީ ފޯން ކޮންފަރެންސް މެދުވެރިކޮށް ކަމަށް މެމްބަރުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ހާމަކަން ބޮޑު އިންތިޚާބެވެ.
މިއަދު އޮންލައިން