ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދު ﷲ ޔާމިންގެ ފަރާތުން، ސުޕްރީމް ކޯޓަށް ވެއްދި މައްސަލައަށް ހުށަހަޅާފައިވާ ސިއްރު ހެކިންގެ ބަޔާންތައް ލީކު ކޮށްލައިފި އެވެ.
ސިއްރު ހެކިންގެ ބަޔާންތައް ލީކުކޮށްލާފައި ވަނީ، އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި މައްސަލައިގައި ސިއްރު ތިން ހެކިންގެ ހެކިބަސް ނުނަގަން އިއްޔެ ސުޕްރީމްކޯޓުން ނިންމާފައިވަނިކޮށެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ ގޮތުގައި، އަޑު އެހުންތަކުގެ ކުރިން، ރައީސް ޔާމިން ކޯޓަށް ހުށައެޅި ޑޮކިއުމެންޓްވެސް ވަނީ އަޑުއެހުންތަކުގެ ކުރިން ލީކު ކޮށްލާފައެވެ.
މިހާ ފަސޭހައިން ޑޮކިއުމެންޓްތަށް ލީކްވާންވީ ސަބަބެއް އަދި މިއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ސިއްރު ހެކިންގެ ގޮތުގައި ހުށަހަޅަން ނިންމި ފަރާތްތަކަކީ އިންތިޚާބު އޮޅުވާލުމަށްޓަކައި ބޭނުންކުރިކަމަށް ބުނާ އަނގޮޓިތައް، އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ބެލުމުގެ ދަށުން، ރާއްޖެ އެތެރެކުރި ކަމާއި، އެ އަނގޮޓީތައް ބޭނުންކުރުމަށް އެކި ތަންތަނަށް ފޮނުވިކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިންނެވެ.
ނަމަވެސް ކޯޓުން ވަނީ ސިއްރުން ހެކިބަސް ނުނެގުމަށް ނިންމާ އެކަން އިއުލާންކޮށްފައެވެ.