ރާއްޖޭގެ ވެރިކަން ކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން - ޖޫޑިޝަރީއެއްވެސް ނޫން - ޤާނޫނު އަސާސީ: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރާއްޖޭގެ ވެރިކަން ކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން - ޖޫޑިޝަރީއެއްވެސް ނޫން - ޤާނޫނު އަސާސީ: ޑރ. ޙުސައިން
ރާއްޖޭގެ ވެރިކަން ކުރަނީ ރައީސުލްޖުމްހޫރިއްޔާއެއް އަދި ޖޫޑިޝަރީއެއްވެސް ނޫން ކަމަށާއި ރާއްޖޭގެ ވެރިކަން ކުރަނީ ޤާނޫނު އަސާސީ ކަމަށް ޖޭޕީގެ ނައިބް ލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޑރ. ޙުސައިން ވިދާޅުވީ ރާއްޖޭގެ ވެރިކަން ބައްޓަންކޮށްފައި އޮތީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ވެސް އަމަލުކުރަން ޖެހޭ ގޮތަށް ކަމަށެވެ. އަދި ޖޫޑިޝަރީން ކުރާ ޙުކުމްތައްވެސް ޤާނޫނު އަސާސީގެ ތެރެއިން ކުރަން ޖެހޭ ގޮތަށް ކަމަށްވުމުން އަނގައިދެނީ ރާއްޖޭގެ ވެރިކަން ކުރަނީ ޤާނޫނު އަސާސީކަން ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ މަޤާމުތަކަށް މީހުން އިސްކުރަނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަންކަން ކުރަން ކަމަށްވާއިރު ޤާނޫނު އަސާސީގެ ބޭރުން ކޮންމެ މީހަކު ނަމަވެސް ކަމެއް ކޮށްފިނަމަ އެކަމަކީ ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ނިންމާ ނިންމުންތަކަށާއި ކުރާ ކުރާ އަމުރުތަކަށް އެއްވެސް ރައްޔިތަކު ބޯލަނބަން ނުޖެހޭނެ ކަމަށާއި އަމަލުކުރަންވެސް ނުޖެހޭނެ ކަމަށެވެ.

ރާއްޖޭގައި އުފެދިގެން މިއުޅޭ ހުރިހާ މައްސަލަ ތަކެއްގެ އަސްލަކީ ބާރު ލިބޭ މަޤާމަކަށް އާދެވުމުން ޤާނޫނު އަސާސީއަށް އަމަލުކުރުމަށް ފަސްޖެހި ޤާނޫނު އަސާސީގެ ބޭރުން ކަންކަން ކުރުންކަން ވެސް ޑރ. ޙުސައިން ފާހަގަކުރެއްވިއެވެ.
މިއަދު އޮންލައިން