މާޒީއަށް ބަލާއިރު ރައީސް ޔާމީނުގެ އިއްޔެގެ ވާހަކަފުޅަކީ ނަގަން އޮތް ރާޅުގެ ބޮޑުކަން ކަމަށް ވެދާނެ!
ރައީސް ޔާމީނު ޤައުމާއި މުޚާޠަބް ކުރައްވައި އިއްޔެ ދެއްކެވި ވާހަކަފުޅަކީ ބަލި ޤަބޫލު ކުރެއްވިކަން ދެވަނަ ފަހަރަށް ހާމަކުރެއްވުން ކަމަށް އެއްބައަކު ދެކޭއިރު އަނެއްބައެއްގެ ވިސްނުން ވަރަށް ތަފާތެވެ.
ރައީސް ޔާމީނު ޤައުމާއި މުޚާޠަބް ކުރައްވައި އިއްޔެ ދެއްކެވި ވާހަކަފުޅަކީ ބަލި ޤަބޫލު ކުރެއްވިކަން ދެވަނަ ފަހަރަށް ހާމަކުރެއްވުން ކަމަށް ޤަބޫލު ނުކުރާ މީހުން ބުނަނީ އެވާހަކަފުޅުތަކުގެ ފަހަތުގައި ވަރަށް ނުރައްކައުތެރި މަކަރުވެރި ކަންތައްތަކެއް ހިމެނިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
"ސްޕްރީމް ކޯޓުން އެމަނިކުފާނާ އެއްކޮޅަށް ޙުކުމެއް ނެރުއްވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުން. އެކަމަށް ދަލީލު ލިބެނީ ފަނޑިޔާރުން ތިއްބެވީ ރައީސް ޔާމީނުގެ ދަށުގައި ކަމަށް ޕީޕީއެމްގެ ވައިބަރ ގްރޫޕެއްގަ ބުނެފަވާ ބުނުން. އުފާވެރި ޚަބަރު އަވަހަށް ލިބޭނެ ކަމަށް އަބަދުވެސް އެދަނީ ބުނަމުން. މައްސަލަިގެ ޙުކުމް ލަސްވެގެން މިއަދު ނުއިއްވައިފިނަމަ އެއީ ވެސް ހަމަ ގައިން ހީބިހި ނަގަންޖެހޭ ކަމެއް."
"ދެން ރައީސް ޔާމީނު އެކުރެއްވި ކަމަކީ އަޅުގަނޑު ހުރީ ދައުރު ހަމަކޮށްފަ ވެރިކަމުން ދުރުވާށޭ. އެކަން އަޅުގަނޑު ވާނީ ފަހުންވެސް ރައްޔިތުންނަށް ހާމަކޮށްފައޭ. ނަމަވެސް މިހާރު ވެރިކަމުގަ މިހުންނެވީ ޤާނޫނުން އެކަން އަޅުގަނޑުގެ މައްޗަށް ލާޒިމުކުރީމަ ކަމަށް ވިދާޅުވުމުގެ ފުރުޞަތު ހޯއްދެވުން."
ރައްޔިތުން ގެނަދަނީ މިފަދަ ތަފާތު ޝުޢޫރުތައް ފައުޅުކުރަމުންނެވެ. ސިއްރު ހެކި ބަލައި ނުގަންނަން ސްޕްރީމް ކޯޓުން ނިންމި ނިންމުމަކީ މައްސަލަ ވަކި ގޮތަކަށް ނިންމައިފާނެ ސަބަބެއް ކަމަށް ހީވެސް ކޮށްގެން ނުވާނެ ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.
"ސްޕްރީމް ކޯޓުން މައްސަލަ ރައީސް ޔާމީނު ބޭނުންފުޅުވާ ގޮތަށް ނިންމުމަކީވެސް ރަނގަޅެއް. އެއިރުން މަގުމަތިން އިންޞާފު ހޯދާނީ. ދެގޮތަށްވެސް އަހަރެމެން ތައްޔާރު. 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުން ދިފާއުކޮށް ދަމަހައްޓަން ޤްރްބާންވާން މިތިބީ ތައްޔާރަށް." ކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ.