ދައުލަތުގެ މުދާ ހިމާޔަތްކުރެވެންޖެހޭނެ: ޓޯޕީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ދައުލަތުގެ މުދާ ހިމާޔަތްކުރެވެންޖެހޭނެ: ޓޯޕީ


ވެރިކަން ބަދަލުވުމުގެ ފައްތަރުމަތީގައި ދައުލަތުގެ މުދާ ހިމާޔަތްކުރެވެންޖެހޭނެ ކަމަށް އަޙްމަދު ތައުފީޤް (ޓޯޕީ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރީޖަނަލް އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ތައުފީޤް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ހުޅުމާލޭފައި ޕީޕީއެމްގެ ދިދަފަތިތައް ދަމަން ބޭނުންކުރި ކަމަށް ބެލެވޭ އެޗްޑީސީގެ ގިނަ އަދަދެއްގެ ދަގަނޑު ހޮޅިތައް އިއްޔެ ކޮންމެވެސް ތަނަކަށް ގެންދަން ދޯންޏަކަށް އަތުވާފައި ހުއްޓާ ބޭލުމަށް ރައްޔިތުން މަސައްކަތް ކުރިއިރު ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށްވެ.

ތައުފީޤް ވަނީ މިފަދަ މޭރުމުން ވަރަށް ގިނައިން މީޑިއާގައި ވެސް ވާހަކަފުޅު ދައްކަވައިފައެވެ. ވެރިކަން ބަދަލުވާ ފައްތަރުގައި ދައުލަތުގެ މުދާ ނުއަގުގައި ވިއްކުން ފަދަ ކަންކަން ކުރާނެ ކަމަށާއި އެކަމަށް ރައްޔިތުންވެސް އަދި ފުލުހުން ވެސް ހޭލުންތެރިވެ ތިބެން ޖެހޭނެ ކަމަށް ތައުފީޤް ގެންދަވަނީ ވިދާޅުވަމުންނެވެ.


މިއަދު އޮންލައިން