ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގައުމީ ޓީމަށް 600،000 ރުފިޔާ ހަދިޔާކޮށްފިއެވެ.
ސާފު ސުޒުކީ ކަޕްގައި ޓީމުން ހޯދި ކާމިޔާބީއަށް، ބީއެމްއެލްއިން ހަ ލައްކަ ރުފިޔާ ހަދިޔާ ކުރި އިރު، ސަރުކާރުން ދޭންވާ މުސާރަ ނުދޭތާ ތިންމަސް ފާއިތުވެ ގޮސްފައިވާކަން ފާހަގަ ކޮށްލަމެވެ. މީގެ އިތުރުން ބޯނަސް ފައިސާވެސް ކުޅުންތެރިންނަށް އަދި ނުދެއެވެ.
މިއަދު ހެނދުނު ހޯޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ބީއެމްއެލްއިން ވަނީ އެ ފައިސާ ޓީމާ ހަވާލުކޮށްފަ އެވެ.
ހަލައްކަ ރުފިޔާ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ބެހުމަށް މިހާރު ވަނީ ނިންމައިފައެވެ. އެ ފައިސާގެ އިތުރުން 20000 ރުފިޔާގެ އަގު ހުރި ޓްރެވެލް ކާޑެއް ވެސް ވަނީ ކުޅުންތެރިންނަށް ދީފަ އެވެ.
މާޔޫސް ވެފައި ތިބި ކުޅުންތެރިން މިއަދު ހެއްވާލަ ދިނީ ޤައުމީ ބޭންކުގެ '' ބޮޑު ހަދިޔާ '' އިންނެވެ.