އެޗްޑީސީގެ ދަގަނޑު ހޮޅިތައް ވަގަށް ބޭރުކުރަން އުޅުނު އެކަކީ އިބޫ ކެންޕޭނަށް ވަޑައިގަތުމުން ހުރަސްއަޅައި ހަމަނުޖެހުން ހިންގުމުގަ އިސްކޮށް ހުރި މީހެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެޗްޑީސީގެ ދަގަނޑު ހޮޅިތައް ވަގަށް ބޭރުކުރަން އުޅުނު އެކަކީ އިބޫ ކެންޕޭނަށް ވަޑައިގަތުމުން ހުރަސްއަޅައި ހަމަނުޖެހުން ހިންގުމުގަ އިސްކޮށް ހުރި މީހެއް!
އެޗްޑީސީގެ ދަގަނޑުހޮޅިތަކެއް ދޯންޏަކަށައަރުވައި ބޭރުކުރަން އުޅުނު މައްސަލައިގައި ތުހުމަރުކުރެވި 2 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާއިރު އެއިގެ ތެރެއިން އެކަކީ ރިޔާސީ ކެންޕޭނުގެ ދުވަސްވަރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުމާލެއަށް ވަޑައިގަތުމުން ހަމަ ނުޖެހުން ހިންގައި ހުރަސްއެޅުމުގައި އިސްކޮށް ހަރަކާތްތެރިވި މީހެއްކަމަށް އެޗްޑީސީގެ މުވައްޒިފަކު ބުނެފިއެވެ.

އޭނާ ބުނީ އިންތިޚާބުގެ ދުވަސްވަރު ޕީޕީއެމްގެ ކެންޕޭނަށް ބެނަރ އާ ދިދަފަތި ދަމަން ބޭނުންކުރި 480 ދަނގަޑު ހޮޅި ވަގަށް ބޭރު ކުރަން އުޅުމުންކަމުގެ ތުހުމަތުގައި ބަންދުކުރި އެކަކީ އެސިސްޓެންޓް މެނޭޖަރެއް ކަމަށާއި ދެވަނަ މީހާއަކީ އެސިސްޓެންޓު ސުޕަވައިޒަރެއް ކަމަށެވެ.

އޭނާ ބުނީ މައުލޫމާތު ލިބިފައިވާ ގޮތުން މި ދެމީހުން އަދި ތިބީ ހުޅުމާލެ ޕޮލިހުންގެ ބެލުމުގެ ދަށުގައި ކަމަށާއި މިދެ ދެމީހުންނަކީ ކުންފުނީގެ ޑީއެމްޑީ ބުންޔާމީނާއި ވަރަށް ގާތްގުޅުމެއް އޮންނަ ދެމީހުން ކަމަށެވެ.

ރިޔާސީ ކެންޕޭނަށް ކުރި ޚަރަދުތައް ފޮރުވަން އެޗްޑީސީގެ ލިޔެކިޔުންތައް ނައްތައިލުން ހުއްޓުވުމަށާއި ކުންފުނީގެ ހަރުމުދާ ނުއަގުގައި ވިއްކަމުން ގެންދާތީ ރޭ ވަނީ ބައަކު މުޒާހަރާވެސް ކޮށްފައެވެ.
މިއަދު އޮންލައިން